ޕްރެޒެންޓޭޝަން




ޕްރެޒެންޓޭޝަން




    
ޕްރެޒެންޓޭޝަން ބޭނުންކުރުން

މިޕްރެޒެންޓޭޝަން ބޭނުންކުރާނީ  މިޔުނިޓްގައި ހިމެނޭ ރާވެރިކަން ކިޔަވައިދިނުމަށް ޓަކައެވެ. މިއީ ފިލާވަޅުގެ މައިގަނޑުގައި އޮޅުން ފިލުވައި ދިނުމުގެ ގޮތުން ބޭނުންކުރެވިދާނެ އުނގަންނައި ދިނުމުގެ އެހީއެކެވެ. މިޕްރެޒެންޓޭޝަނުން ދަރިވަރުން ރާވެރިކަން ކުރުމަށް ބޭނުންކުރާ ސާމާނާއި، ރާވެރިކަން ކުރާގޮތް ދަރިވަރުންނަށް ދައްކައިދެވޭނެއެވެ. އަދި މީގެ އިތުރުން ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް ވެސް މިޕްރެޒެންޓޭޝަންގެ އެންމެ ފަހު ސުލައިޑް ބޭނުންކު ރެވޭނެއެވެ.


 މި ޕްރެޒެންޓޭޝަނަކީ ގްރޭޑް 3 ގެ ދަރިވަރުންނަށް މަސައްކަތްތެރިކަން މިޔުނިޓްގެ ދަށުން (ރައިވެރިކަން) މިފިލާވަޅު ކުރިއަށް ގެންދިއުމަށް ތައްޔާރުކޮށްފައިވާ އިތުރު އެހީއެކެވެ. ރައިވެރިކަން މި ފިލާވަޅު ޝައުގުވެރިކަމާއި އެކު ކުދިންނަށް ފަހުމު ވާނޭހެން ކުރިއަށް ގެންދިއުމަށްޓަކައި ކުލާހުގައި މި ޕްރެޒެންޓޭޝަން ކުދިންނަށް ދެއްކިދާނެއެވެ. މީ އެހީގެ ތެރެއިން ރައިވެރިކަމާއި ރުއް ރާކުރާ ގޮތާއި އަދި ރުކުން ރާ ބާލާގޮތް ކުދިންނަށް އެގިގެން ދާނެއެވެ. ދަރިވަރުންގެ ފޮތުގައިވާ މައުލޫމާތު މުދައްރިސް އަނގަބަހުން އޮޅުން ފިލުވައި ދިނުމުގެ ބަދަލުގައި ޕްރެޒެންޓޭޝަންގެ އެހީގައި އޮޅުން ފިލުވައިދިނުމުން ކުދިން ޝައުގުވެރިކަމާއި އެކު އަޑުއަހާ ކަން ފާހަގަ ކުރެވެއެވެ.

Comments