މައުލޫމާތު
އިތުރު މައުލޫމާތު ބޭނުންކުރުން
އިތުރު މައުލޫމާތަކީ
ދަރިވަރުންގެ މައުލޫމާތު އިތުރަށް މުއްސަދި ކުރުމަށް ނުހަނު ބޭނުންވާ ބައެކެވެ.
މިގޮތުން ކަޑައެޅިފައިވާ ގަޑީގައި ފިލާވަޅާ ގުޅޭ ހުރިހާ މައުލޫމާތެއް ދިނުމަކީ
އެކަށިގެންވާ ކަމެއް ނޫނެވެ. އެހެންކަމުން ދަރިވަރުންނަށް ބޭނުންވާ މުހިއްމު
މައުލޫމާތާއި މުދައްރިސުންނަށް ބޭނުންވާ މައުލޫމާތު މިބައިން ލިބިގެންދާނެއެވެ. މި
މައުލޫމާތު ދަރިވަރުންނަށް ޕްރިންޓްކޮށްގެން ވެސްދެވިދާނެއެވެ. ނުވަތަ މި
މައުލޫމާތު ރެކޯޑްކޮށްގެން އޯޑިއޯ ކުލިޕްގެ ގޮތުގައި ކުލާހުގައި އަޑު އެހުމުގެ
ފިލާވަޅެއްގެ ގޮތުގައިވެސް ބޭނުންކުރެވިދާނެއެވެ.
މިއީ
ގްރޭޑް 3 ގެ ދަރިވަރުންނަށް މަސައްކަތްތެރިކަން މި ޔުނިޓްގެ ދަށުން ތަފާތު
މަސައްކަތައް އުނގަންނައިދިނުމަށް ތައްޔާރުކޮށްފައިވާ މައުލޫމާތު ކަރުދާހެކެވެ.
ރާއެރުން
ރައިވެރިކަމަކީ ރުއް ރާކޮށްގެން ރުކުން
ރާބެލުމުގެ މަސައްކަތައް ކިޔާ ނަމެކެވެ. ރާކުރާނެ ރުކެއް ކަޑައަޅަނީ ރުއް ފޯދި
ބޮޑުވުމުންނެވެ. މިގޮތައް ރުއް ފޯދި ރާ ކުރާވަރުވުމުން އެތް ކޮށައި، ބަނދެގެން
އެތުން ރާ އަންނަ ގޮތް ހެދުމަކީ ރުއް ރާކުރުމެވެ. މިއީ ދިވެހިން އާންމުދަނީ
ހޯދުމުގެ ގޮތުން ކުރީ ޒަމާނުގައި ކޮށްއުޅުނު ވަރަށް ބުރަ މަސައްކަތެކެވެ.
ރުކުން ރާބޭލުން
އެތް ރާކުރުމަށް އެންމެ ފުރަތަމަ އެތް ބުރިކުރާނީއެވެ. ދެން ރުކުގެ ފަންބުޑު ކަހައިގެން ނަގާ ކުނޑި އެތުގައިޖަހާފައިއެތް ބަނދެފައި ބަހައްޓާނީއެވެ. ރާ ގިނަ ކުރުމަށް އެތުގެ މަތީގައި ކަނދޮޅު ފަތް ވެސް އައްސައެވެ. މިގޮތަށް ދެ ދުވަހުނުވަތަ ތިން ދުވަހު ބެހެއްޓުމަށް ފަހި، އެތުން ފޮނުލާންފެށީމާ، އެތް އޮޅާނީއެވެ. އެތް އޮޅާނީ ކަށިކެޔޮ ފަތުންނެވެ. އެތްއޮޅުމަށް ފަހު، އެތް ލަނބާލަން ވާނެއެވެ. އެއީ ބިމަށް ރާތިކި ޖަހާ ގޮތަށެވެ. މިގޮތަށް ލަނބާއިރު، ކޮޅިތިލައެއްގެ މިންވަރަށް
ލަނބާލީމާ ފުދޭނެއެވެ. ދެވަނަ ނުވަތަ ތިންވަނަ ދުވަހު، ރާތިކި ފައިބަން ފަށާނެވެ. ތިއްކަކުފުލު ތިއްކެއް
ފައިބާން ފެށީމާރާގުޑި
ލާންވީއެވެ. ރާ ފައިބާނީ ރާގުޑިއަށެވެ. ރުކުން ރާބަލާން ރައިވެރިބެ ރުކަށް އަރާނީ ރާބަދި
ހިފައިގެންނެވެ.ދެން ރާގުޑީގައި ހުންނަ ރާ ބައްޖަށް އަޅައިގެން ރުކުން ރާ ބާލާނީއެވެ. ކޮންމެ ދުވަހަކު ދެ އިރު ރާބާލައެވެ. އެއީ ހެނުދުނާއި ހަވީރެވެ. ރާ ބާލާ ކޮންމެ ފަހަރަކު އެތުގެ ކޮޅު ދޮވެ އެތް ކޮށައެވެ.
އެއަށް ފަހު ރާގުޑި އައްސައެވެ.
ރައިވެރިކަން ކުރާ ގޮތަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު، މި ޒަމާނުގައި ރާގުޑީގެ ބަދަލުގައި ފެންހުސްކުރާ ފުޅި
ބުރިކޮށްލައިގެން
ބޭނުންކުރެއެވެ. ފުޅި ބޭނުންކުރާތީ ފުޅިތައް ވާލުން ނާއި މީދަލުން ސަލާމަތްކުރުމަށްޓަކައި
ގޯނިއައްސާފައި ބަހައްޓައެވެ. އަދި ރާ
ރުކުގައި ހަރު ބަނުމުގެ ބަދަލުގައި ދިގު ހަރުގަނޑުތައް ބޭނުންކުރެއެވެ.
ރޯނުވެށުން
ރޯނުވެށުމަކީ ދިވެހިންގެ
ވަރަށް ހުނަރުވެރި މަސައްކަތެކެވެ. މިއީ ލީލި ފަށެއް މެދުން ލަނބާލައިގެން ދެފަށް
އަތުން ހަރުކުރުމަށްފަހު،ދެފަށް އެއްކޮށް ވަށާ ވެށުމަކަށް ކިޔާ ނަމެކެވެ. މިދެފަށް ގުޅުވަމުންގެންދާއިރު ކުރުވުމުން އަލުން ދެފަށް ގުޅުވަމުންގެންގޮސް ދިގުކުރާނީއެވެ. ރޯނުވެށުމަށްޓަކައި ވަރަށް ގިނަ ހަރުފަތްތައް
ގިރާ ކުރަން ޖެހެއެވެ. އެގޮތުން އެންމެ ފުރަތަމަ ރުކުން ގަބުޅި ނުވަތަ ހަރު
ކުރުނބާ އަޅާ އެތަކެތި ހެހެ އެއިން ބޮނބި ނަގައެވެ. އަދި އެ ބޮނބިތައް މޫދަށް
ލައިގެން އެފާކުރަން ޖެހެއެވެ. އެރއަށްފަހު އެބޮނބިތައް ފާވުމުން ނަގައި
އެބޮނބިތައް ތަޅާ އެއިން ނަތުތައް ވަކި ކުރެއެވެ. ދެން އެންމެ ފަހުން މިނެގި
ބޮނބިނަރުތައް ފިނދާ އެ ވަކިނަރުތައް ބޭނުންކޮށްގެން ރޯނުވަށައެވެ.ރޯނު
ވެށުމަށްފަހު ރޯނުން ފޯލި ހަދައެވެ. ފޯއްޔެއްގައި އިންނާނީ 12 ފަށެވެ. އަދި މީގެ
12 ފޯލިހަމަކޮށް ރޯނު ބޮނޑިއަކަށް ހަދައެވެ. މިއީ ބުރަ މަސައްކަތެކެވެ. . ނަމަވެސް ދިވެހިން އާންމުދަނީ ހޯދުމަށް ކުރާ ބުރަ މަސައްކަތެކެވެ. މިމަސައްކަތައް އެންމެ މޮޅީ ހދ. ކުޅުދުއްފުށީ މީހުންކަމުގައި ވެއެވެ.
ފަންގި
ވިނުން
ފަންގި ވިނުމަކީ
ދިވެހި އަންހެނުންނާއި ފިރިހެނުން ޒަމާނުންސުރެ ކޮށްއުޅޭ މަސައްކަތެކެވެ. ފަންގިވިނުމަކީ
ދޮން ފަން ކިރިއްސައިގެން، އެ ފަންވަތްތައް ދިގު ތިން ކަށިން ނުވަތަ އިލިން ތިން
ގަނޑު ރޯނަށް އެމުނުމަށް ކިޔާ ނަމެކެވެ. ކުރީޒަމާނުގައި ތަންތަން ހިޔާ ކުރުމަށާއި
ގޭގޭގެ ބިތްތަކުގައި ޖެހުމަށް ފަންގި ބޭނުން ކުރެއެވެ. މިހާރުގެ ފަންގަނޑެއްގެ
ދިގުމިނަކީ 4 ފޫޓެވެ. 4 ފޫޓުގެ 4 ގަނޑު ފަން އެއްކޮށްލާ ބޮނޑިއަކަށް ބަނުމުން ފަން
ބޮނޑިއެއް ހަމަވީއެވެ. ކުރީ ޒަމާނުގައި 10 ރުފިޔާއަށް ވިއްކާ އުޅުނު
ފަންބޮނޑިއެއްގެ މިހާރުގެ އަގަކީ 80 ރުފިޔާއެވެ. މިއީ ރައްރަށުގައި މިހާރުވެސް
އާއްމުދަނީ ހޯދުމުގެ ގޮތުން ގިނަ މީހުން ކުރާ އެއް މަސައްކަތެވެ.
ވަރަށް ފުރިހަމަ ވަރަށް މުހިންމު މައުލޫމާތުތަކެއް
ReplyDelete