މަސައްކަތެރިކަން / ދިވެހި ގްރޭޑް 3


ބުލޮގުގެ މަޤުޞަތު

       މިއީ ގުރޭޑް 3 ގެ ދަރިވަރުންނަށް މަސައްކަތްތެރިކަމުގެ  މިޔުނިޓް ކިޔަވައި ދިނުމަށް ބެނުންވާ އުނގެނުމާއި އުނގަންނައިދިނުމާއި ގުޅޭ ތަފާތު ރިސޯސްތައް އައިސީޓީގެ ބޭނުންކޮށްގެން ތައްޔާރުކުރުމަށް ހެދިފައިވާ ބުލޮގެކެވެ. މި ބުލޮގުގެ މަޤުޞަދުތަކުގެ ތެރޭގައި:
v     އައިސީޓީ ބޭނުންކޮށްގެން އުނގެނުމުގެ އެހީ ތައްޔާރުކުރުން.
v     އުނގަންނައިދިނުމަށް ބޭނުންވާ ރިސޯސް ،ދަރިވަރުން ޝައުވެރިވާ ފަދަ ގޮތަކަށް ތައްޔާރުކުރުން.
v     ފިލާވަޅަށް ބޭނުންވާ އުނގަންނައިދިނުމުގެ އެހީތައް އެއްކޮށް އޮންލައިންކޮށް ރައްކާކުރުމަށް ދަސްކުރުން.
v     ފިލާވަޅުތަކަށް ބޭނުންވާ މައޫލޫމާތު  ފަސޭހައިން މުދައްރިސުންނަށާއި ދަރިވަރުންނަށް ލިބޭނެގޮތް ހެދުން.

މި ބުލޮގުގެ ސަބަބުން ގުރޭޑް 3 ދަރިވަރުންނަށް "މަސައްކަތްތެރިކަން" މިތީމު ކިޔަވައި ދިނުމުގައި މުދައްރިސުންނަށް ގިނަ ގުނަ ފައިދާތަކެއް ލިބިގެން ދާނެއެވެ. ތަފާތު ފޮތްތައް ކިޔައިގެން މަޢުލޫމާތު ހޯދަން އުޅުމުގެ ބަދަލުގައި މި ބުލޮގު ބޭނުންކޮށްގެން އޮންލައޮންކޮށް މަޢުޅޫމާތު ހޯދަން ފަސޭހަވެގެންދާނެއެވެ. ހަމަމިއާއެކު، ފިލާވަޅުތަކަށް ބޭނުންވާ ވީޑިއޯ ކުލިޕްތަކާއި ކުލާހުގައި ފެންވަރު ވަޒަންކުރުމަށް ބޭނުންކުރާ ވޯކްޝީޓްތަކާއި  އުނގަންނައި ދިނުމަށް ބޭނުންކުރާ ޕްރެޒެންޓޭޝަންތައް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން ކުލާހުގައި މި ރިސޯސްތައް ބޭނުންކުރަންވީ ގޮތުގެ އިރުޝާދުވެސް ބުލޮގުގެ އެހީގައި ލިބިގެންދާނެއެވެ. 

Comments

Post a Comment